ހިތްވަރެއްގައި ނިކަން

ކާސިމަޖާ


ޅެން ހައްދަވާފައިވަނީ: މަންދޫ އެދުރުގޭ ދޮންމަނިކު
ނޯޓު: މި ލަވަޔަކީ ހިޖުރީގޮތުން 1360 ވަނަ އަހަރު ޗާޕުކުރެވުނު މާލޭގެ އަވަށްތަކުގެ ލަވަތަަކުގެ ފޮތުގެ ހެންވޭރު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ނަގާކިޔާ ޒުވާބު
ހިތްވަރެއްގައި ނިކަން ކުރިއަރާބަލާށޭ
މިންނަތުންވެސް ނިކަން ކުރިއަރާބަލާށޭ
ހިތްވަރެއްގައި ނިކަން ކުރިއަރާބަލާށޭ
މިންނަތުންވެސް ނިކަން ކުރިއަރާބަލާށޭ
ޔާދުކޮށްގެން ހިތުން ހެޔޮދުޢާކުރުމުގާ ޔާދުކޮށްގެން ހިތުން ހެޔޮދުޢާކުރުމުގާ
ވާދުވަސްތައް ހިލޭ ގިނަކަމުން މޮޅިވެފާ ވާދުވަސްތައް ހިލޭ ގިނަކަމުން މޮޅިވެފާ
މާ ދުރަށް ގޮސް ނުބައި ލާ ނަގާބަލާށޭ
ހިތްވަރެއްގައި ނިކަން ކުރިއަރާބަލާށޭ
މިންނަތުންވެސް ނިކަން ކުރިއަރާބަލާށޭ
ބާރު ހުރެގެން ނިކަން އާރުލާ ކަންކަމުން ބާރު ހުރެގެން ނިކަން އާރުލާ ކަންކަމުން
ނާރުކޮށުނަސް ބައެއް ބާރުލާ ގަދަކަމުން ނާރުކޮށުނަސް ބައެއް ބާރުލާ ގަދަކަމުން
ޚާރުބާރުން ވެވޭ ތޯ ނަޖާ ބަލާށޭ
ހިތްވަރެއްގައި ނިކަން ކުރިއަރާބަލާށޭ
މިންނަތުންވެސް ނިކަން ކުރިއަރާބަލާށޭ
ނަރުފުތަކުގާ ނުގެންމެކި ހިލޭ ތިބުމުގާ ނަރުފުތަކުގާ ނުގެންމެކި ހިލޭ ތިބުމުގާ
ބަރުވެގެން ވާނެތޭ ކައްލެވޭ ހިންދަމާ ބަރުވެގެން ވާނެތޭ ކައްލެވޭ ހިންދަމާ
ގަރުނުތައް ހުސްކުރަން ތިބެ ނިކަން ބަލާށޭ
ހިތްވަރެއްގައި ނިކަން ކުރިއަރާބަލާށޭ
މިންނަތުންވެސް ނިކަން ކުރިއަރާބަލާށޭ

ކާސިމަޖާ އަވަސް ލަވަތައް