ވާދަ ދޫކޮއްލައި

ކާސިމަޖާ އަވަސް

ޅެން ހައްދަވާފައިވަނީ: މުޙައްމަދު ޖަމީލު
ނޯޓު: މި ލަވަޔަކީ ހިޖުރީގޮތުން 1360 ވަނަ އަހަރު ޗާޕުކުރެވުނު މާލޭގެ އަވަށްތަކުގެ ލަވަތަަކުގެ ފޮތުގެ މާފަންނު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ނަގާކިޔާ ޒުވާބު
ވާދަ ދޫކޮއްލައި ސާފު ހިތް ކުރާށޭވީ އާދަކާދަ އޭރުންނޭ ސީދާވާނީ

އިންސާނުންނީ މާތް އިޚުވާނުންނޭ ގާތް
އިންސާނުންނީ މާތް އިޚުވާނުންނޭ ގާތް
އިންސާފޭ މީ ދެން ހީކޮށްލައިގެން
އިންސާފޭ މީ ދެން ހީކޮށްލައިގެން
ވާދަ ދޫކޮއްލައި ސާފު ހިތް ކުރާށޭވީ އާދަކާދަ އޭރުންނޭ ސީދާވާނީ
ވާދަ ދޫކޮއްލައި ސާފު ހިތް ކުރާށޭވީ އާދަކާދަ އޭރުންނޭ ސީދާވާނީ
ޤައުމަށް ވަމުންދާ ދައުރާ ބަދަލްތައް
ޤައުމަށް ވަމުންދާ ދައުރާ ބަދަލްތައް
ފައުޅާއި ސިއްރުން ވިސްނައިލައިގެން
ފައުޅާއި ސިއްރުން ވިސްނައިލައިގެން
ވާދަ ދޫކޮއްލައި ސާފު ހިތް ކުރާށޭވީ އާދަކާދަ އޭރުންނޭ ސީދާވާނީ
ވާދަ ދޫކޮއްލައި ސާފު ހިތް ކުރާށޭވީ އާދަކާދަ އޭރުންނޭ ސީދާވާނީ
ޅެންތައް ހަދައިގެން އެންމެން އެކީގާ
ޅެންތައް ހަދައިގެން އެންމެން އެކީގާ
ގެންދަން ހިފައިގެން ސީދާ މަގުން