| ލިބޭނޭ ނިޢުމަތް އޭރުން އެދޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| ލިބޭނޭ ނިޢުމަތް އޭރުން އެދޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| |
|
| ނުބައިވި ފާފަޔެކޭ ހަސަދަވެރިވެގެން ތިބުމީ |
ނުބައިވި ފާފަޔެކޭ ހަސަދަވެރިވެގެން ތިބުމީ |
| ރެޔާ ދުވާތަކުގައި ފިތުނަ އުފައްދަން އުޅުމީ |
ރެޔާ ދުވާތަކުގައި ފިތުނަ އުފައްދަން އުޅުމީ |
| ނުވާށެ އެއިގެ އަހުލުވެރިޔަކަށް ތެދޭ މިބުނީ |
ސުވާލު ކުރިމަތިވެދާ ދުވަހުގައި ނަޖާވެދަނީ |
| ފިކުރު މިކަމާމެދުގާ ކޮށް އުޅޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| ލިބޭނޭ ނިޢުމަތް އޭރުން އެދޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| |
|
| ކުރާށެ ކޮންމެކަމެއް ށޭކުރާ ރަނގަޅުގޮތުގާ |
ކުރާށެ ކޮންމެކަމެއް ށޭކުރާ ރަނގަޅުގޮތުގާ |
| މުރާލިކަން ލިބިގެން ވީގިހީ ކަމާ އެކުގާ |
މުރާލިކަން ލިބިގެން ވީގިހީ ކަމާ އެކުގާ |
| ފުރާނަ ސާފުވެދޭ އޭރުން ނަފުސާ އެކުގާ |
ކުރާށެ ހެޔޮ ޢަމަލުންނަމަ މިގޮތް މަތީން އަދުގާ |
| މަގެއްގާ މިކަހަލަ ސާބިތު ވެދާށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| ލިބޭނޭ ނިޢުމަތް އޭރުން އެދޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| |
|
| ނުދާށެ ހެއްލި ޒަމާނުގެ ދެތިން އެ ކުލަ ފެނިފާ |
ނުދާށެ ހެއްލި ޒަމާނުގެ ދެތިން އެ ކުލަ ފެނިފާ |
| އަރާމުތައް ލިބިދާނޭކަމަށް މި ހީކޮއްފާ |
އަރާމުތައް ލިބިދާނޭކަމަށް މި ހީކޮއްފާ |
| ދުވާތަކާރެއިތައް ދައުރުވާ ގޮތާ މެދުގާ |
ޒުވާނުނޭ މިބަހަށް ހޭ ނިކަން އަރާށެބަލާ |
| އަބަދު އެކުވެރިކަން ހޯދަން އުޅޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |
| ލިބޭނޭ ނިޢުމަތް އޭރުން އެދޭށެވީ |
ދެވޭތޯ ސީދާ ވީމަގުން އުޅޭށެވީ |