| ނެތޭ ތިޔަށްވުރެ އެދޭ އަރާމެއް |
ޤަބޫލުވާށޭ ޝަޒާ ނުދޭށޭ |
| ހިތުގެ މި ރިހުމަށް އެހީ ވެދޭށޭ |
ޤަބޫލުވާށޭ ޝަޒާ ނުދޭށޭ |
| |
|
| ލަދުންހެ ނޫނީ ރުޅިންހެ ތިހިރީ ހޯއޯ |
ބުނާށެ ތީޔޭ މަގޭ އުފަލަކީ، ގަޔާވެ ހީލާ ބަލާލަދޭށޭ |
| ދުލުންކުރާމީ މަލާމަތެއް ނޫން |
ހަގީގަތޭމީ އެހީވެދޭށޭ، ގަބޫލުވާށޭ ސަޒާނުދޭށޭ |
| ނެތޭ ތިޔަށްވުރެ އެދޭ އަރާމެއް |
ޤަބޫލުވާށޭ ޝަޒާ ނުދޭށޭ |
| |
|
| ފެނިއްޖެ ލޮލަކަށް ތިސޫރަ ގައިމޭ ހޯއޯ |
ބުނާނެ ތެދެކޭ ޕަރީއެކޭތީ، ނަސީބަކީވެސް ތިޔޭ ބުނާނޭ |
| ލިބޭތޯ މިގޮތަށް ރޮމުން ހިނގާނޭ |
ކުރާނޭ ޝަކުވާ ރުޅިން ހުރީމާ، ގަބޫލުވާށޭ ސަޒާނުދޭށޭ |
| ނެތޭ ތިޔަށްވުރެ އެދޭ އަރާމެއް |
ޤަބޫލުވާށޭ ޝަޒާ ނުދޭށޭ |
| |
|
| ތިރީތި ދެލޮލުން ބަލާނުލިއްޔާ ހޯއޯ |
ވެދާނެ މޮޔަވެސް އެވަރު ހިތަށްވޭ، ސަލާން މިޖެހެނީ އެހީ ވެދޭތޯ |
| ކެތެއްނުވާނޭ މިހާލުގާދެން |
ކޮބައިހެ ކުށަކީ ބުނޭ އަހާނަން، ގަބޫލުވާށޭ ސަޒާނުދޭށޭ |
| ނެތޭ ތިޔަށްވުރެ އެދޭ އަރާމެއް |
ޤަބޫލުވާށޭ ޝަޒާ ނުދޭށޭ |