| ކަސަބުން ބޯވަޅު ކުރިޖަރީ ހެދުން އަޅަމުން އަންނާށޭ |
އަސަރީ ލޯބިން މާގަޔާވެގެން އަވަހަށް އަންނާށޭ |
| ހަސަނާތު ތަރި ފަދައިން |
ބެބުޅުންތަކުން ފެނޭ |
| ކަސަބުން ބޯވަޅު ކުރިޖަރީ ހެދުން އަޅަމުން އަންނާށޭ |
އަސަރީ ލޯބިން މާގަޔާވެގެން އަވަހަށް އަންނާށޭ |
| |
|
| މަގުގާ ހިނގާފާ ދާއިރު ފޭލިގެ ކަން ގަނޑުގެ ހަމައިން |
އަޑުރީތި ފައްޓަރުބަޔަކާ ދެއުޅާގަނޑުން ކީ ރާގުން |

| އެކުގާ ފަރިހި ބަޅިނދާ ކޮކާ ކިޔަމުންދެޔޭ ނަށަމުން |
ކަސަބުން ބޯވަޅު ކުރިޖަރީ ހެދުން އަޅަމުން އަންނާށޭ |
| |
|
| ފަރިކަން އެވާ އިސްތަށިތައް ފަޅިއިން ރުމާބަނދެލާފާ |
އަލި ރަންމުތީގެ ވިދުންތައް ތުނި ކަންފަތުން ފެނިލީމާ |

| ދަތިހިތް މަދުން ކުރުވާ ގޮތުން ދެވިދާނެ ހިތްމިނަގާ |
ކަސަބުން ބޯވަޅު ކުރިޖަރީ ހެދުން އަޅަމުން އަންނާށޭ |
| |
|
| ބަނޑިޔާ ކިހިލި ދާއިރު ސޫރަވި ނަމޫނާ ތެދެކޭ |
ބަގިޔާގެ ފަންނީ ހުނަރުން ސިހުމެއް ލިބުން މީ ކަމެކޭ |

| ބަނދި ރައިވަރުން ލިޔެ ޝާއިރުން ފުރިދާ ޚަޒާނާއޭ |