އިރެއްހެން ދުނިޔެއަށް

ކާސިމަޖާ


ޅެން ހައްދަވާފައިވަނީ: މާދޫގޭ އަޙުމަދު ކަލޭފާނުގެ ކުޑަތުއްތު
ނޯޓު: މި ލަވަޔަކީ ހިޖުރީގޮތުން 1360 ވަނަ އަހަރު ޗާޕުކުރެވުނު މާލޭގެ އަވަށްތަކުގެ ލަވަތަަކުގެ ފޮތުގެ ހެންވޭރު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ނަގާކިޔާ ޒުވާބު
އިރެއްހެން ދުނިޔެއަށް ވިދާ އޭ މުޙައްމަދު
ބިރެއް އޮއްސުމުގެ ލިބި ނުވާ އޭ މުޙައްމަދު
އިރެއްހެން ދުނިޔެއަށް ވިދާ އޭ މުޙައްމަދު
ބިރެއް އޮއްސުމުގެ ނުވާލިބި ނުވާ އޭ މުޙައްމަދު
ކުރައްވާ ޢިޝާރާތް ފުޅުންވާ ފަލަކުގާ
ކުރައްވާ ޢިޝާރާތް ފުޅައްވާ ފަލަކުގާ
ދުރަށް ފަޅި ދެ ހަނދު ގެން ވެދާއޭ މުޙައްމަދު
އިރެއްހެން ދުނިޔެއަށް ވިދާ އޭ މުޙައްމަދު
ވިދާ އަލި ވޮށެއްކަމު ނުވާ ފަނޑުވެ އަލިކަން
ވިދާ އަލި ވޮށެއްކަމު ނުވާ ފަނޑުވެ އަލިކަން
ނިދާ ޢަރުޝީއިން އިއްވަވާ އޭ މުޙައްމަދު
އިރެއްހެން ދުނިޔެއަށް ވިދާ އޭ މުޙައްމަދު
ސަލާމަތްވެދޭތޯ ބަލާއިން މި އުންމަތް
ސަލާމަތްވެދޭތޯ ބަލާއިން މި އުންމަތް
ކަލާ ކިބަފުޅަށް ދަންނަވާ އޭ މުޙައްމަދު
އިރެއްހެން ދުނިޔެއަށް ވިދާ އޭ މުޙައްމަދު
އަލުން ނުގެމިދީ ރޯކުރައްވާ ބަގީޗާ
އަލުން ނުގެމިދީ ރޯކުރައްވާ ބަގީޗާ
މަލުން މީރުވަސް ދުއްވަވާ އޭ މުޙައްމަދު
އިރެއްހެން ދުނިޔެއަށް ވިދާ އޭ މުޙައްމަދު

ކާސިމަޖާ އަވަސް ލަވަތައް