| ބައްތެލިގަނޑެއްގާ މަ ނުކުތިން ވަދުއަޅަން ކަނޑުތެރަށް |
ނިލަމެހި ޖަހާ ވަތްފުރައިގެން ނެރުމަތީ ދުއްވާލީ |

| |
|
| ފަރުމާނުގާ ފޮތިރިޔާ ބަނދެލައިގެނޭ ދުއްވާލީ |
ފަރުމާނުގާ ފޮތިރިޔާ ބަނދެލައިގެނޭ ދުއްވާލީ |
| ދިރުނބާކޮޅުން ނެގި އެ ރާޅުން އޮޑި އެކީ ތެންމާލީ |
ދިރުނބާކޮޅުން ނެގި އެ ރާޅުން އޮޑި އެކީ ތެންމާލީ |
| އިރުއޮއްސިގެން ކަނު އަނދިރިކަން ދުނިޔެއަށް ވެރިވަނީ |
އިރުއޮއްސިގެން ކަނު އަނދިރިކަން ދުނިޔެއަށް ވެރިވަނީ |
| ބައްތެލިގަނޑެއްގާ މަ ނުކުތިން ވަދުއަޅަން ކަނޑުތެރަށް |
ނިލަމެހި ޖަހާ ވަތްފުރައިގެން ނެރުމަތީ ދުއްވާލީ |
| |
|
| އަސްތާ މަގޭ ސިއްސުވާލީ ފެނުނު މަންޒަރު ތަކުން |
އަސްތާ މަގޭ ސިއްސުވާލީ ފެނުނު މަންޒަރު ތަކުން |
| މަސްކަނޑުމަތީ ފެނުޕަރީ ފެނި ހޭކެނޑޭ ގޮތްވުމުން |
މަސްކަނޑުމަތީ ފެނުޕަރީ ފެނި ހޭކެނޑޭ ގޮތްވުމުން |
| މަސްކާށިކާން ހުރި ކެޔޮޅުބޭ އެނބުރިގެން ވެއްޓުމުން |
މަސްކާށިކާން ހުރި ކެޔޮޅުބޭ އެނބުރިގެން ވެއްޓުމުން |
| ބައްތެލިގަނޑެއްގާ މަ ނުކުތިން ވަދުއަޅަން ކަނޑުތެރަށް |
ނިލަމެހި ޖަހާ ވަތްފުރައިގެން ނެރުމަތީ ދުއްވާލީ |
| |
|
| ގުގުރާ ވިދާތީ |
ބިރުހީވެ ސިހުނީ |
| މަތުރާލި ފެނަކުން |
ހަމަ ހޭގާ ޖެހުނީ |
| ފަޅުވެރިކުދީންނޭ |
ދެން ހޭއަރާށޭ |
| ކަރުތާފެނަށް އައިސް |
އޮޑި ބީހެނީޔޭ |