އަބުރާއި ނަން ހޯދަން

ކާސިމަޖާ


ޅެން ހައްދަވާފައިވަނީ: މުޙައްމަދު ޖަމީލް
ނޯޓު: މި ލަވަޔަކީ ހިޖުރީގޮތުން 1360 ވަނަ އަހަރު ޗާޕުކުރެވުނު މާލޭގެ އަވަށްތަކުގެ ލަވަތަަކުގެ ފޮތުގެ މާފަންނު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ނަގާކިޔާ ޒުވާބު
އަބުރާއި ނަން ހޯދަން ބާރެއްލިއްޔާ ނަސުރާ ނަސީބޭ ފައިދާވަނީ
އަބުރާއި ނަން ހޯދަން ބާރެއް ލިއްޔާ ނަސުރާ ނަސީބޭ ފައިދާ ވަނީ
އުނިކަން ފިލާނޭހެން ތިމާކުރާ ކަންކަމުގާ
މުރާލިކަން ޔާރުނޭ ޖާނަށް ހޯދައިދީގެން
ކުރޔަށް ދެވޭތޯ ދެން ބާރެއް ލިއްޔާ ނަސުރާ ނަސީބޭ ފައިދާ ވާނީ
އަބުރާއި ނަން ހޯދަން ބާރެއްލިއްޔާ ނަސުރާ ނަސީބޭ ފައިދާވަނީ
މޮޅުކަން ހޯދާމީހުން އެދޭ މުރާދާ އެކުގާ
މިދޭހުގޭ ޔާރުނޭ ވާކަން ވިސްނައިލައިގެން
ގަސްތާ ހިތުން އެންމެން ބާރެއް ލިއްޔާ ނަސުރާ ނަސީބޭ ފައިދާ ވާނީ
އަބުރާއި ނަން ހޯދަން ބާރެއްލިއްޔާ ނަސުރާ ނަސީބޭ ފައިދާވަނީ
ދޭހުން ވެގެން ޣާފިލް ގަޔާވެފާ ހެންތިއްބާ
ރެޔާދުވާ ޔާރުނޭ ދާކަން ހީކޮއްލައިގެން
ސީދާ ހިތުން އެންމެން ބާރެއް ލިއްޔާ ނަސުރާ ނަސީބޭ ފައިދާވާނީ
އަބުރާއި ނަން ހޯދަން ބާރެއްލިއްޔާ ނަސުރާ ނަސީބޭ ފައިދާވަނީ

ކާސިމަޖާ އަވަސް ލަވަތައް