| އަނހާ އައީ ޢީދޭ ހާއުފާ ފުރާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| ފަޒާތެރޭ އުދުހޭ ދޫނިތައް ގޮވާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| އަނހާ އައީ ޢީދޭ ހާއުފާ ފުރާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| . |
. |
| އަދު ވަމާހެ ހިތްހެޔޮކަން މިތުރުނޭ އަބަދު އެކުގާ |
އަދު ވަމާހެ ހިތްހެޔޮކަން މިތުރުނޭ އަބަދު އެކުގާ |
| ގިނަ ޒަމާންތަކަށް ދެމިވާ އެކުވެރީންތަކެއް ކަމުގާ |
ގިނަ ޒަމާންތަކަށް ދެމިވާ އެކުވެރީންތަކެއް ކަމުގާ |
| މީ އަމާންކަމޭ ބަުނަމުން މަރުޙަބާ ކިޔާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| އަނހާ އައީ ޢީދޭ ހާއުފާ ފުރާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| . |
. |
| ފަތިހު ހަމަހިމޭން ކަމުގާ ޝަބުނަމުން އެދިން ފިނިކަން |
ފަތިހު ހަމަހިމޭން ކަމުގާ ޝަބުނަމުން އެދިން ފިނިކަން |
| ދަތިކަމެއް ކަމަށް ނުހިތާ ފޮޅިލި ރީތިހާ މާތައް |
ދަތިކަމެއް ކަމަށް ނުހިތާ ފޮޅިލި ރީތިހާ މާތައް |
| ފަތުރުވާ ހުވަނދު ހީލާ ރޯޅި އައިސް ގޮވާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| އަނހާ އައީ ޢީދޭ ހާއުފާ ފުރާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| . |
. |
| އުަދަވި އިރުގެ ރަންދޯދިން ރިހި ފަޒާ ޖަރީކުރަމުން |
އުަދަވި އިރުގެ ރަންދޯދިން ރިހި ފަޒާ ޖަރީކުރަމުން |
| އަނދިރިކަން ފިލާ ނެތިގޮސް ބިރުތަކުން އުފާލިބުން |
އަނދިރިކަން ފިލާ ނެތިގޮސް ބިރުތަކުން އުފާލިބުން |
| ނިދި ފިލާ ކޮވެލި ހާލާ ރާގުގާ ކިޔާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |
| އަނހާ އައީ ޢީދޭ ހާއުފާ ފުރާލާ |
ބަހާރު މި އައީ އުފަލުން ހެމުން ނަށާލާ |