| އަދަބު ނުދޭށޭ ކަލާގެ ލޯބިން |
އަރާމު ހޯދަން މަ ޚިޔާލު ކުރަނީ |
| ދޮގޭ ހަދާލީ ޒުވާން އުމުރުގާ |
މަ ކޮއްހެނެއް އިއުތިބާރު ކުރަނީ |
| |
|
| އޭ ލޯބި ލޯބިން ހުވާ ކުރުމުގާ |
އަބަދު މަ ރޮއި ރޮއި މިހެން އުޅޭނީ |
| އޭ ލޯބި ލޯބިން ހުވާ ކުރުމުގާ |
އަބަދު މަ ރޮއި ރޮއި މިހެން އުޅޭނީ |
| ގަބޫލު ވީމާ މަކަރު ހަދާލީ |
ކުރާ ހުވާ ވައުދުތައް އުވާލީ |
| ޔަގީން ކުރާށޭ ރަހުމްކުރާށޭ |
ހިތޭމި ލޯބިން ހަލާކު މިވަނީ |
| އަދަބު ނުދޭށޭ ކަލާގެ ލޯބިން |
އަރާމު ހޯދަން މަ ޚިޔާލު ކުރަނީ |
| |
|
| ބުނާށެ ހީކޮށް ހުރީމެ ސިއްރެއް |
މި މަޑުޖެހޭގޮތް ދުލާ ހަމައިގާ |
| ބުނާށެ ހީކޮށް ހުރީމެ ސިއްރެއް |
މި މަޑުޖެހޭގޮތް ދުލާ ހަމައިގާ |
| އެ ސިއްރު ތިވަނީ ކިޔަން އެނގޭހެން |
އެކީ ލިޔެވިފާ ތިލޮލު ތެރޭގާ |
| އަރާމު ނިންޖާ އުފާ ނަގާލާ |
މަ ކޮއްހެނެއް އިއުތިބާރު ކުރަނީ |
| އަދަބު ނުދޭށޭ ކަލާގެ ލޯބިން |
އަރާމު ހޯދަން މަ ޚިޔާލު ކުރަނީ |
| |
|
| ނުދޭށެ އަނިޔާ ހިތަށް މިހާ ދެން |
ކަލާ ކުރާ އިމްތިހާނަކީހޭ |
| ނުދޭށެ އަނިޔާ ހިތަށް މިހާ ދެން |
ކަލާ ކުރާ އިމްތިހާނަކީހޭ |
| ކިހާ އަވަސްހޭ ހިނގުން ހިތާ ލޭ |
ތި ލޯބި ދޭ ފަހެ އިޝާރަތެއްމީ |
| މަކަރު ނުހަދަމޭ މި ފުރުސަތައް އެދި |
މިހާލުގާ އިންތިޒާރު ކުރަނީ |
| އަދަބު ނުދޭށޭ ކަލާގެ ލޯބިން |
އަރާމު ހޯދަން މަ ޚިޔާލު ކުރަނީ |