| މަލާ ތިޔަ މަލުގެ ޝަރަފުގަޔޭ |
ހިތާ ހަށިގަނޑު ވެދުން ވެވެނީ |
| ޝަރާބެއް ކަރުގަނޑުން ތިޔަ |
ނާޒުކީ އެދިގެންނެ އާދެވުނީ |
| |
|
| އުދުހިފާ މާދުރުން އަދި މާމަތިން ޖައްވުގެ ތެރޭން ދަނިކޮށް |
އުދުހިފާ މާދުރުން އަދި މާމަތިން ޖައްވުގެ ތެރޭން ދަނިކޮށް |
| އުދުހި ތިޔަ ކަރުގަނޑުން |
ފޮނުވާ ޢަބީރުންނޭ ބަލާލެވުނީ |
| މަލާ ތިޔަ މަލުގެ ޝަރަފުގަޔޭ |
ހިތާ ހަށިގަނޑު ވެދުން ވެވެނީ |
| ޝަރާބެއް ކަރުގަނޑުން ތިޔަ |
ނާޒުކީ އެދިގެންނެ އާދެވުނީ |
| |
|
| ގަހެއްގެ ލަޠީފު އޮފިކޮޅަކުން އުފެދިފާ ރީތި ތަނޑިޔެއްގާ |
ގަހެއްގެ ލަޠީފު އޮފިކޮޅަކުން އުފެދިފާ ރީތި ތަނޑިޔެއްގާ |
| ވަހެއް ދުވަހަކު ހިތުން ނުފިލާނެ |
ފަދަ ފޮރުވައިގެނޭ ތިއިނީ |
| މަލާ ތިޔަ މަލުގެ ޝަރަފުގަޔޭ |
ހިތާ ހަށިގަނޑު ވެދުން ވެވެނީ |
| ޝަރާބެއް ކަރުގަނޑުން ތިޔަ |
ނާޒުކީ އެދިގެންނެ އާދެވުނީ |
| |
|
| ވަހާއިގެން ފަޚުރުވެރިވާ ޖާޒުބީ ކަރުގަނޑު މެދަށްލާފާ |
ވަހާއިގެން ފަޚުރުވެރިވާ ޖާޒުބީ ކަރުގަނޑު މެދަށްލާފާ |
| ވަށައިގެން ބަރިޔަކަށް ފިޔަތަކުގެ |
ލަޝްކަރު އެތުރިގެންނެ ވަނީ |
| މަލާ ތިޔަ މަލުގެ ޝަރަފުގަޔޭ |
ހިތާ ހަށިގަނޑު ވެދުން ވެވެނީ |
| ޝަރާބެއް ކަރުގަނޑުން ތިޔަ |
ނާޒުކީ އެދިގެންނެ އާދެވުނީ |
| |
|
| ލިބޭނޭ ކަމުގެ އެއްމީދެއް ނެތަސް އަދި ނުލިބުނަސް އަމުދުން |
ލިބޭނޭ ކަމުގެ އެއްމީދެއް ނެތަސް އަދި ނުލިބުނަސް އަމުދުން |
| ލިބޭތޯ ތިޔަ މަލުން ވަޞްލެއް |
ދެ ފިޔަވެސް މޯޅިކޮއްލެވުނީ |
| މަލާ ތިޔަ މަލުގެ ޝަރަފުގަޔޭ |
ހިތާ ހަށިގަނޑު ވެދުން ވެވެނީ |
| ޝަރާބެއް ކަރުގަނޑުން ތިޔަ |
ނާޒުކީ އެދިގެންނެ އާދެވުނީ |