| މުނިފޫހި ތިބާ އެރިތަން ފެނިފާ |
ދުނިޔޭގެ ނުދާނެހެ ދެން ތިބާ |
| މުނިފޫހި ތިބާ އެރިތަން ފެނިފާ |
ދުނިޔޭގެ ނުދާނެހެ ދެން ތިބާ |
| މުނިޔާގެ ފޮޓޯ ދުރުގާ |
ހުރެގެން ދައްކާ ގޮތަކުން ދެން ސާހިލާ |
| |
|
| އުދުހި އުޑުގާ ގޮސް އޮބާއިރު |
ހުދު އެ ފޮތި ފޮތިހާ ވިލާ |
| އުދުހި އުޑުގާ ގޮސް އޮބާއިރު |
ހުދު އެ ފޮތި ފޮތިހާ ވިލާ |
| ޤުދުރަތީ ފަރި ގޮތްތަކެއް ދުށުމުން |
ދިލޭނޭ ހެން ފިލާ |
| މުނިފޫހި ތިބާ އެރިތަން ފެނިފާ |
ދުނިޔޭގެ ނުދާނެހެ ދެން ތިބާ |
| |
|
| ހާރުދަމުގާ އޮންނަ ނިޔަނެތި |
ބާރު ނުވި މަޑު ރޯޅިޔާ |
| ހާރުދަމުގާ އޮންނަ ނިޔަނެތި |
ބާރު ނުވި މަޑު ރޯޅިޔާ |
| ނާރުތައް ފަހިވާ އެ މަންޒަރަކުން |
ދަނީއޭ އަދު ފިލާ |
| މުނިފޫހި ތިބާ އެރިތަން ފެނިފާ |
ދުނިޔޭގެ ނުދާނެހެ ދެން ތިބާ |
| |
|
| ނަލަ އެ ސީނުގެ އަސުރުމާ ފެނި |
އަލަބު ނުވި ޅަފުރާ އަރާ |
| ނަލަ އެ ސީނުގެ އަސުރުމާ ފެނި |
އަލަބު ނުވި ޅަފުރާ އަރާ |
| ބަލަގަ މީ ހިނިތުންވެގެން އުފަލުން |
އަރައިގެން އުދުހިލާ |
| މުނިފޫހި ތިބާ އެރިތަން ފެނިފާ |
ދުނިޔޭގެ ނުދާނެހެ ދެން ތިބާ |