| ހާދަހާ މަގޭ ހިތް ތެޅެޔޭ ބަލާލުމުން |
ހާދަހާ މަންޖެ މަށަށް ލިބިދާނޭތާ |
| ހާދަހާ މަގޭ ހިތް ތެޅެޔޭ ބަލާލުމުން |
ހާދަހާ މަންޖެ މަށަށް ލިބިދާނޭތާ |
| |
|
| ކުރަނގި ދެލޯ ފަދަ ތިޔަ ފަރި ބެލުމާ |
ހިތިފަތު ބުމަޔާ ދޮންއިހި ކަނދުރާ ދޮންއިހި ކަނދުރާ |
| ކުރަނގި ދެލޯ ފަދަ ތިޔަ ފަރި ބެލުމާ |
ހިތިފަތު ބުމަޔާ ދޮންއިހި ކަނދުރާ ދޮންއިހި ކަނދުރާ |
| ހާދަ ބަލާ ހިތް މަވެޔޭ |
ފޫހިނުވޭ ގައިމެބަލާ، އޭ ދޮން ދޮން ކަމަނާޔޭ |
| ހާދަހާ މަގޭ ހިތް ތެޅެޔޭ ބަލާލުމުން |
ހާދަހާ މަންޖެ މަށަށް ލިބިދާނޭތާ |
| |
|
| ސާދަވިލޭރޭ ހަނދުފަދަ މޫނެއް |
ހޫރުޕަރީ ފަދަ ރީތި ޕަރީއެއް ރީތި ޕަރީޔެއް |
| ސާދަވިލޭރޭ ހަނދުފަދަ މޫނެއް |
ހޫރުޕަރީ ފަދަ ރީތި ޕަރީއެއް ރީތި ޕަރީޔެއް |
| ޖަންބު ތި ކޯތާފަތުގާ |
ޖަންބު ތި ކޯތާފަތުގާ ބީހިލުމަށް ހިތް އެދެޔޭ |
| ހާދަހާ މަގޭ ހިތް ތެޅެޔޭ ބަލާލުމުން |
ހާދަހާ މަންޖެ މަށަށް ލިބިދާނޭތާ |
| |
|
| ލީމަ ލިބާހާ ފޭލިއެ ކަމަނާ |
ރީތިކަމުން މުޅި ކައުނު ވިދާލާ ކައުނު ވިދާލާ |
| ލީމަ ލިބާހާ ފޭލިއެ ކަމަނާ |
ރީތިކަމުން މުޅި ކައުނު ވިދާލާ ކައުނު ވިދާލާ |
| ތަރިތަކުގާ ވާއަލިކަން |
ވާ އަލިކަން ތަރިތަކުގާ ގައިމޭ ފަނޑުކޮއްލާނޭ |
| ހާދަހާ މަގޭ ހިތް ތެޅެޔޭ ބަލާލުމުން |
ހާދަހާ މަންޖެ މަށަށް ލިބިދާނޭތާ |