| ހޭދަވާއިރު ރޭދުވާ |
ދެހިތަށް އުފާ ލިބިދާނެތޯ |
| ހޭ ހަށީ ހުރިހާ ހިނދަކު |
ދެގޮތެއް ސަފުން ވެވިދާނެތޯ |
| ހޭދަވާއިރު ރޭދުވާ |
ދެހިތަށް އުފާ ލިބިދާނެތޯ |
| |
|
| ހިޔަލާ އަދި އަލިފުޅާ ތިބެ |
ވަކިނުވާން ކުރިޔޭ ހުވާ |
| ހިޔަލާ އަދި އަލިފުޅާ ތިބެ |
ވަކިނުވާން ކުރިޔޭ ހުވާ، ވަކިނުވާން ކުރިޔޭ ހުވާ |
| ތިޔަ މިތުރު ގެންދަން ފެށީމާ |
އަލިފުޅަށް ހުރެވޭނެތޯ |
| ހޭދަވާއިރު ރޭދުވާ |
ދެހިތަށް އުފާ ލިބިދާނެތޯ |
| |
|
| ތާޖުގާވާ ހައިބަތާއެކު |
ތާކު އިން ފަތްމިންޏަކާ |
| ތާޖުގާ ވާ ހައިބަތާއެކު |
ތާކު އިން ފަތްމިންޏަކާ، ތާކު އިން ފަތްމިންޏަކާ |
| ބާރުގާ މަޖުބޫރު ކުރިޔަސް |
ހާއުފާ ލިބިދާނެތޯ |
| ހޭދަވާއިރު ރޭދުވާ |
ދެހިތަށް އުފާ ލިބިދާނެތޯ |
| |
|
| މާނަޔެއް ނެތް ދުނިޔެއެއްގާ |
ނޭދެޔޭ އަލަކުން ގުޅެން |
| މާނަޔެއް ނެތް ދުނިޔެއެއްގާ |
ނޭދެޔޭ އަލަކުން ގުޅެން، ނޭދެމޭ އަލަކުން ގުޅެން |
| މާ ވަރެއްގާ މަރުވުމަށް ވުރެ |
ހެޔޮގޮތެއް އޮންނާނެތޯ |
| ހޭދަވާއިރު ރޭދުވާ |
ދެހިތަށް އުފާ ލިބިދާނެތޯ |