ފަތިހުގެ ފިނި ވައިރޯޅި

ކާސިމަޖާ

ނަގާކިޔާ ޒުވާބު
ފަތިހުގެ ފިނި ވައިރޯޅި ނަޔާ ބީހިލިމުން ރުއްގަސް ވެއްޖެ ގަޔާ
ހިތްގައިމު ނަލަ ނަލަ އަޑުން ގޮވާ ކާޅާއި ކޮވެލީގެ ރާގުލާ

އަސްތާ އެ ނަގާ ހަޅޭލީ ރަސްރުކު އެބޭގެ ބޮޑުހާ
ދިގުމަގުކޮޅުން އޮބާލީ ފަތިފަތި ހިފާ ނަކަލުބޭ

ހިތްގައިމު ނަލަ ނަލަ އަޑުން ގޮވާ ކާޅާއި ކޮވެލީގެ ރާގުލާ...
ފައްޗެއް މުށަށް ހެޔޮވަރުވީ ފާތުމަ އަރުވަ އެ ޖަހަނީ
ފަތިހުގެ ފިނީގަ ދޮރުމަތީ ބަސްތުނި ހިނދުން ކަހާލީ

ފަތިހާ ވަލުހިނގަމުން

ކާސިމަޖާ އަވަސް
ނަގާކިޔާ ޒުވާބު
ފަތިހާ ވަލުހިނގަމުން މާމަ ދޮން ކާން ދަރުކާއްޓާ ކާން ހަމަކުރީ
ގުގުމާ ރައިވަރު އިވި ރުއްބުޑުން ރައިވެރި ރުކުއޮތްބޭ ފަރިއެޅީ...
ސޮއްސާލާ އެތުން ރާބަނދި ދޫވެއްޖެތާ ރަސްރުކުބޭ ލޯބޯދީ ބަލަމުން ކަޅިއެޅީ

ފަސްހާވާ ނިކަން ފަނިކެއުމަށް ކުކުޅުތައް އެއްވަންޏާ ބައިގަނޑު ތެޅިތެޅިފާ މޮޔަވަނީ

އާނ ޅައެތެއް ކޮށާ ފަންވަތް ބަންނާނަމޭ ފައްކާވެއްޖެއްޔާ ބަނދިވެސް އަޅުވާނަމޭ

ފައްކާވެއްޖެއްޔާ ބަނދިވެސް އަޅުވާނަމޭ
ފައްކާވެއްޖެއްޔާ ބަނދިވެސް އަޅުވާނަމޭ
ބަނދިވެސް އަޅުވާނަމޭ ބަނދިވެސް އަޅުވާނަމޭ...