| ފެނިލުމުން ދިވެހި ދިދަ ވިހުރިލާ |
ޖޯޝުގާ ރޫޙު ތާޒާ ވެލާ |
| މާނަވީ ބާރުގެ ވެރިވެދާ |
އަސަރުގާ ވިންދު ހަރަކާތް ވެލާ |
| |
|
| ލޭ ޝަހީދީ ފަވާ ރަތްކުލައިން |
ކުރިއެރުން ދައްކަމުން ފެހި ކުލައިން |
| ރަމްޒު ދީންކޮށް ދެމުން ހުދުކުލައިން |
ބުނެދެމުން މިގޮތުގާ އެކު އުޅެން |
| ގައުމުގަ ތިޔަހުރީ ވިހުރިލާ، ވިހުރިލާ އާ |
ފެނިލުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގާ ރޫޙު ތާޒާ ވެލާ |
| މާނަވީ ބާރުގެ ވެރިވެދާ |
އަސަރުގާ ވިންދު ހަރަކާތް ވެލާ |
| |
|
| ހޯދި ނަސްރާ ފަތަހަ ދައްކަމުން |
ހިތުގެ ލޭ ހޫނުކޮށް ކައްކަމުން |
| ވާޖިބާތެއްގެ އޮތް އަންގަމުން |
ތިޔަހުރީ ޝަރަފުގާ ލިބި މިއޮތް |
| ޤަދަރުގާ ޤައުމުގާ އުފުލިލާ، އުފުލިލާ އާ |
ފެނިލުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގާ ރޫޙު ތާޒާ ވެލާ |
| މާނަވީ ބާރުގެ ވެރިވެދާ |
އަސަރުގާ ވިންދު ހަރަކާތް ވެލާ |
| |
|
| ޢަޒުމުތައް ކަނޑައަޅަން ހިތްތަކުން |
ޢަމަލުގާ ކުރިއަރަން އަތްތަކުން |
| ބުނެދެނީ މާތްވި އިލްހާމަކުން |
ޝައުކަތާ ޝާނުގާ ޢިއްޒަތާ |
| މަޖަދުގާ ތާއަބަދު ފޮޅުވިލާ، ފޮޅުވިލާ އާ |
ފެނިލުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގާ ރޫޙު ތާޒާ ވެލާ |
| މާނަވީ ބާރުގެ ވެރިވެދާ |
އަސަރުގާ ވިންދު ހަރަކާތް ވެލާ |
| |
|
| ފެންނަ ޤައުމީ ނިޝާން ޢިއްޒަތީ |
އެންމެ މަތިވެރިވި ޙުއްރިއްޔަތީ |
| ގެންނަ އަސަރޭ ހިތަށް ލޮބުވެތި |
ނިއުޅެމުން ޤައުމުގާ ވިހުރެމުން |
| ޖައްވުގާ ދާށި ދާއިމްވެލާ، ދާއިމްވެލާ އާ |
ފެނިލުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގާ ރޫޙު ތާޒާ ވެލާ |
| މާނަވީ ބާރުގެ ވެރިވެދާ |
އަސަރުގާ ވިންދު ހަރަކާތް ވެލާ |