| ހެންވޭރު ހަރުގެ ވެއްޓުނިއްޔާ ގޭއިން މީހަކު ބުނި ނަދުރަކީ ކަޅުބޭބެ ކިރާން ކަނދި މުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| ކަޅުބޭބެ ތުނބުޅި ދެކެދެކެފާ ހެންވޭރު ކުދިން ބިރުން ދުވަނީ ވިލޭރެޔަކު ބަނޑަށް ގެރިބާލާހެނޯ ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| އާން ހެނވޭރަށް އަރާކަށް ލާހިކެއް ނޫނޭ ހެންވޭރު ކުދިން ރައިވަރު ހަދާ ނިންމާފާނެޔޯ ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| ކަތިރުނބަޔާ ތެދަދަނޑިޔާ މުންނާރުދޮށަށް އެއްތަންކޮއްފާ ކަޅުބޭބެ ހޯދާން ދިޔަ ކުއްޖަކު އައިއްސާ ބުންޏޭ ކަޅުބޭބެ އެބޯތޭ އީދުމިސްކިތްދޮށު ބޮޑުދިއްގާ ގަސްދޮށު ބޮޑު އުނދޯލީގާ ކޮމަހުކުމާން ތުން ފުރޮޅިފައި ދުންބޮއި ނަގާން ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| ތިން ކެނޑި ހަނޑުލު ގިމުޓާގަނޑު މުންނާރު ދޮށަށް އުފުލާލަދީލާށޭ ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| ގިތެޔޮ ފަޅަށް އުރުނު ނަވުގެ އޮތްހާ ކާފައިން މާލޭގެ ބޮޑުން މަތީގެ ތިއްބާ ތުން އަނބުރާ އަދި ނިންމާލާފިޔޮ ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| |
|
| ހެންވޭރު ހުރި މުސްކުޅި ލޮޑަކު މުންނާރުތެރަށް ކޮއްޕާ ވައްދާ ނިންމާލައިފިޔޯ ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| |
|
| ކަތިރުނބަޔާ ތެދަދަނޑިޔާ މުންނާރުދޮށަށް އެއްތަންކޮއްފާ ކަޅުބޭބެ ހޯދާން ދިޔަ ކުއްޖަކު އައިއްސާ ބުންޏޯ ހޯދާ ހޯދާ ހޯދާ ނުފެނުނެ ކަނދިމުޑަލޯ، އާނ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އައްދޯތް ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |
| އާނހާ ކަލޭ ނުހޮރުއްޕާނޭ ތިމަރަވަޅިން |
ކަނދިމުޑަލޯ |