| އިއްތިފާޤުން ފެނިލާފާ ނަޒަރު ދިމާވީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| ހިތް ތަބާވީއެ މި ޖާދޫ ނަޒަރު ދިމާވީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| |
|
| ނަޒަރުގެ ތީރުތަކުން ހިތް އަނާ ޒަޚަމުވެއްޖޭ |
ބާރު ޢިޝްޤީގެ ރިހޭ ބުއްދި ގޮސްމަ ދެރަވެއްޖޭ |

| ހިތް ތިޔާ ސޫރަ ފެނޭތޯ ނިކުމެ ހިނގާލީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| އިއްތިފާޤުން ފެނިލާފާ ނަޒަރު ދިމާވީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| |
|
| ހިތާ ހިތާ ގުޅިފާ އަތްއަތާ ގުޅާލެވިފާ |
ލޯބި ފޮނިފޮނި ސަލާންތަކުން ވަނި ޚުޝީ ލިބިފާ |

| ރޯޅި ވައިގާ އުފާވެގެން ނެށުން ނަށާލީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| އިއްތިފާޤުން ފެނިލާފާ ނަޒަރު ދިމާވީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| |
|
| މުލާޤަތުން ކުރެހުނު ހިތްއެދޭ ތަޞައްވުރަކުން |
އަލިމަގު ރޯޝަނީ ހަޔާތުގެ ހުޅުދާން ވުމުން |
| ކަތި ނުވާނޭފަދަ ޒައުޖުން ދެރޫޙު ގުޅުނީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| އިއްތިފާޤުން ފެނިލާފާ ނަޒަރު ދިމާވީމާ |
ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |
| |
|
| ހިތްހިތާ ލާމެހުނީތާ، ހިތްހިތާ ލާމެހުނީތާ |