| ކަންޒު ދޮންކަމަނަ ނިދީ |
ގާ ތަންމަތީ ފުރޮޅިފަ ގޮވަޔޭ |
| ކަންޒު ދޮންކަމަނަ ނިދީ |
ގާ ތަންމަތީ ފުރޮޅިފަ ގޮވަޔޭ |
| ގޭތެރޭން ތަކުރު ނުވާތީ |
ހާދަހާ މޭ އެބަ ތެޅެޔޭ |
| ކަންޒު ދޮންކަމަނަ ނިދީ |
ގާ ތަންމަތީ ފުރޮޅިފަ ގޮވަޔޭ |
| |
|
| ވައިގަދަވެ ވާރެ އައީޔޭ |
ގުގުރި އަޑު މާގަދަވީޔޭ |
| ވިދުވަރުން ލޯމެރެނީޔޭ |
ރަށްމަތީ ކަނބިލި ގޮވީޔޭ |
| ވައިގަދަވެ ވާރެ އައީޔޭ |
ގުގުރި އަޑު މާގަދަވީޔޭ |
| ވިދުވަރުން ލޯމެރެނީޔޭ |
ރަށްމަތީ ކަނބިލި ގޮވީޔޭ |
| ކަންޒު ދޮންކަމަނަ ނިދީ |
ގާ ތަންމަތީ ފުރޮޅިފަ ގޮވަޔޭ |
| |
|
| ރޭދެބައި ވީއިރުވެސް ތާ |
ނާދެއޭ ތަކުރު މި ރޭގާ |
| ވައި ގަދަވެ ވާރޭ ވެހޭތީ |
މެދުގެއިން ފެންބޮޑުވީޔޭ |
| ރޭދެބައި ވީއިރުވެސް ތާ |
ނާދެއޭ ތަކުރު މި ރޭގާ |
| ވައި ގަދަވެ ވާރޭ ވެހޭތީ |
މެދުގެއިން ފެންބޮޑުވީޔޭ |
| ކަންޒު ދޮންކަމަނަ ނިދީ |
ގާ ތަންމަތީ ފުރޮޅިފަ ގޮވަޔޭ |
| |
|
| ދާނުގާ އެކަނި މިރޭގާ |
ހާލުގާ ވޭތުވަނީޔޭ |
| ވާނުވާ ނޭނގި މިހެންގޮސް |
ލޯނުމެރި އިރު އަރަނީޔޭ |
| ދާނުގާ އެކަނި މިރޭގާ |
ހާލުގާ ވޭތުވަނީޔޭ |
| ވާނުވާ ނޭނގި މިހެންގޮސް |
ލޯނުމެރި އިރު އަރަނީޔޭ |
| ކަންޒު ދޮންކަމަނަ ނިދީ |
ގާ ތަންމަތީ ފުރޮޅިފަ ގޮވަޔޭ |