ދޮންވެލި ތުނޑި

ކާސިމަޖާ

ނަގާކިޔާ ޒުވާބު
ދޮންވެލި ތުނޑިކޮޅު މަތީ ދެފަށް ރާޅު ހޮޅިލާ ޖަހާ

ދޮން ފަސް އަރުވާ ތުނޑީ އިތުރަށް ތުނޑި ބޮޑުވެލާ
އަކިރިޔާ ވެއްޔާ ގަލާ އެކުވެ ރާޅާ ބޮޑުވެލާ އެކުވެ ރާޅާ ބޮޑުވެލާ

ލައްގުވާ ކުދި އޮށްތަކުން އެކުވެ ވެއްޔާ ގަސްފަޅާ އެކުވެ ވެއްޔާ ގަސްފަޅާ، އެކުވެ ވެއްޔާ ގަސްފަޅާ
ދޮންވެލި ތުނޑިކޮޅު މަތީ ދެފަށް ރާޅު ހޮޅިލާ ޖަހާ
ދޮން ފަސް އަރުވާ ތުނޑީ އިތުރަށް ތުނޑި ބޮޑުވެލާ
ވޮޑެވިދާ ތުނޑިކޮޅު މަތީ ކުރަނގި ވައްލާ ހޯރަޔާ ކުރަނގި ވައްލާ ހޯރަޔާ

ބިސްއަޅާ ކިރުދޫނިތައް ހާލި ހާލިން ތުނޑި ފުރާ ހާލި ހާލިން ތުނޑި ފުރާ، ހާލި ހާލިން ތުނޑި ފުރާ
ދޮންވެލި ތުނޑިކޮޅު މަތީ ދެފަށް ރާޅު ހޮޅިލާ ޖަހާ
ދޮން ފަސް އަރުވާ ތުނޑީ އިތުރަށް ތުނޑި ބޮޑުވެލާ
ފަސްއަރާ ތުނޑިކޮޅު މަތީ ލަސްތަކެއް ނުވެ ބޮޑުވެލާ ލަސްތަކެއް ނުވެ ބޮޑުވެލާ

ގަސްތަކާ އެކި ގާކޮޅުން މުޅި ތުނޑީ ޒީނަތްވެލާ މުޅި ތުނޑީ ޒީނަތްވެލާ، މުޅި ތުނޑީ ޒީނަތްވެލާ
ދޮންވެލި ތުނޑިކޮޅު މަތީ ދެފަށް ރާޅު ހޮޅިލާ ޖަހާ
ދޮން ފަސް އަރުވާ ތުނޑީ އިތުރަށް ތުނޑި ބޮޑުވެލާ

އަލަކަ ބޮނޑަނަ ތޯތާ

ކާސިމަޖާ އަވަސް
ނަގާކިޔާ ޒުވާބު
އަލަކަ ބޮނޑަނަ ތޯތާ ކުދި ވައްލަ ކުރަނގި ދުވެލާ ސިއްބު ރޭރު ރަތަފައިން މުޅި ތުނޑިއެކީ ފުރާލާ

އެހަޑަ އުޅޭ ބޯމަތީ ވައްލަ ދުވޭ ތުނޑިމަތީ

މާކަނާ ކަލޯތާ މަ ގައިގާ ޖެހީތާ
ޖަހާ އިނދެ ފިލީތާ ފިލާ އިނދެ ރޮނީތާ
މަތިން ދަމުން ބޯޖެއްސޯ ތިރިން ދަމުން ބޯޖެއްސޯ

ބުލްބުލާ އަގުލަބީ އާހު ކަނބިލި މައިނާ އާހު ކަނބިލި މައިނާ
ސުރުމުތީ ތަކުތުވާ ގިނިކާމާ ދޫނިތައް ގިނިކާމާ ދޫނިތައް، ގިނިކާމާ ދޫނިތައް
އަލަކަ ބޮނޑަނަ ތޯތާ ކުދި ވައްލަ ކުރަނގި ދުވެލާ ސިއްބު ރޭރު ރަތަފައިން މުޅި ތުނޑިއެކީ ފުރާލާ
މާކަނާ ކަލޯތާ މަ ގައިގާ ޖެހީތާ
ޖަހާ އިނދެ ފިލީތާ ފިލާ އިނދެ ރޮނީތާ
މަތިން ދަމުން ބޯޖެއްސޯ ތިރިން ދަމުން ބޯޖެއްސޯ
މަތިން ދަމުން ބޯޖެއްސޯ ތިރިން ދަމުން ބޯޖެއްސޯ
މުރުއްލާ އިލޮޅިޔާ އަލަކަ ވައްލަ ބިސްއަޅާ އަލަކަ ވައްލަ ބިސްއަޅާ
މިޔަރެމުން ގޮހޮރުކޭ ބޮޑު ގަމާ އަޑުލަވާ ބޮޑޫ ގާމާ އަޑުލަވާ، ބޮޑު ގާމާ އަޑުލަވާ
އަލަކަ ބޮނޑަނަ ތޯތާ ކުދި ވައްލަ ކުރަނގި ދުވެލާ ސިއްބު ރޭރު ރަތަފައިން މުޅި ތުނޑިއެކީ ފުރާލާ
މާކަނާ ކަލޯތާ މަ ގައިގާ ޖެހީތާ
ޖަހާ އިނދެ ފިލީތާ ފިލާ އިނދެ ރޮނީތާ
މަތިން ދަމުން ބޯޖެއްސޯ ތިރިން ދަމުން ބޯޖެއްސޯ
މަތިން ދަމުން ބޯޖެއްސޯ ތިރިން ދަމުން ބޯޖެއްސޯ
ބިލަތްމާ ކަނޑުކަމާ ކަނދުވަލު މާ ފޮނިވެލާ ކަނދުވަލު މާ ފޮނިވެލާ
ގުޑުގުޑާ ހުދުހުދުން ކަނިފުޅުމާ ފިޔަޖަހާ ކަނިފުޅުމާ ފިޔަޖަހާ، ކަނިފުޅުމާ ފިޔަޖަހާ
އަލަކަ ބޮނޑަނަ ތޯތާ ކުދި ވައްލަ ކުރަނގި ދުވެލާ ސިއްބު ރޭރު ރަތަފައިން މުޅި ތުނޑިއެކީ ފުރާލާ
ސިއްބު ރޭރު ރަތަފައިން މުޅު ތުނޑިއެކީ ފުރާލާ

ރެފަރެންސް