| މާކުރިން ވައުދު ވީމޭ |
ވަކިނުވާން ހިތް ދިނީމޭ |
| ލޯބިވާވަރު ބުނާށޭ |
ސިއްރުން އަހާލީ ކަލާއޭ |
| މާކުރިން ވައުދު ވީމޭ |
|
| |
|
| ދޭހިތުން ބޮސްދިނީމޭ |
ހާދަ ރީއްޗޭ ބުނީމޭ |
| ހިތުގެ އިހުސާސް އެނގޭހޭ |
ފިރުމާލަމުންވެސް އެހީމޭ.. ފިރުމާލަމުންވެސް އެހީމޭ |
| މާކުރިން ވައުދު ވީމޭ |
|
| |
|
| ރޭދުވާ އެކުގަ ވީމޭ |
ދޭ އުފާތައް ބެލީމޭ |
| ވީހާ އަހުދުތައް ގުނީމޭ |
ސިހުމެއް ހިތަށް ވެރިވަނީޔޭ.. ސިހުމެއް ހިތަށް ވެރިވަނީޔޭ |
| މާކުރިން ވައުދު ވީމޭ |
|
| |
|
| މާޔޫސްވެ ހިތުގާ ޖެހިއްޖޭ |
ފެންކަޅިވެ ލޯ ފުރި އޮހިއްޖޭ |
| ކަރުނައިގެ އަގުވެސް ނެތީހޭ |
ތަދުވާ ހިތަށް ކެތްނުވީޔޭ.. ތަދުވާ ހިތަށް ކެތްނުވީޔޭ |
| މާކުރިން ވައުދުވީމޭ |
|