| އޮޑި ކަނޑުންވާ ދުވަހަކުން، ރީތި ނަލަ ވައިރޯޅިޔާ، މަންޒިލަށް މީ ދަތުރެކޭ،ހިތްވަރެއްމީ ކޮއްލެވޭ |
|
| |
|
| ބާރަށް ދުއްވާ ފެނުއަޅުވާލާ ދުއްވާ |
ވައިހުރި ކޮޅަކަށް ނުބަލާ ފަލި އަޅުވާލާ |
| އިރު ނޯއްސެނީސް ދެވޭތޯ މަންޒިލަށް |
ބާރުލާ ހިތްވަރުލާ ބާރަށް މެކުހަށްޖަހާ، މެކުހަށްޖަހާ |
| |
|
| ކެޔޮޅާ ބަލަ ގުގުރާ ވިދުންތައް ފެށިއްޖޭ |
މުގުރާ އެ ރާޅާލާ އޮޑިވެސް ފުރިއްޖޭ |
| ނުގުޑާނޭހެން ކަނޑުގަ ހިތްވަރު ކުރާށޭ |
ބަނޑުރިޔަލު ފެނުގާ އަޅުވާލާށެ ކެރިގެން |
| ބާރަށް ދުއްވާ ފެނުއަޅުވާލާ ދުއްވާ |
ވައިހުރި ކޮޅަކަށް ނުބަލާ ފަލި އަޅުވާލާ |
| އިރު ނޯއްސެނީސް ދެވޭތޯ މަންޒިލަށް |
ބާރުލާ ހިތްވަރުލާ ބާރަށް މެކުހަށްޖަހާ، މެކުހަށްޖަހާ |
| |
|
| ފޮނުލާ މި ރާޅުގެ ތެރޭން ދާންޖެހުނަކަސް |
ހިތްވަރު ކުރާނަން ގެނބެންދެން ޔަޤީން |
| މާކަނޑުގެ އޮއިގާ އޮޑި މިހެން ބެހުނަކަސް |
ނުގުޑާ ޢަޒުމެއްގާ ޖަހާނަން ފަލި ކެރިގެން |
| ބާރަށް ދުއްވާ ފެނުއަޅުވާލާ ދުއްވާ |
ވައިހުރި ކޮޅަކަށް ނުބަލާ ފަލި އަޅުވާލާ |
| އިރު ނޯއްސެނީސް ދެވޭތޯ މަންޒިލަށް |
ބާރުލާ ހިތްވަރުލާ ބާރަށް މެކުހަށްޖަހާ، މެކުހަށްޖަހާ |
| |
|
| އިރުއޮއްސިވާ އަނދިރި ކުޑަތަން ވަނީޔޭ |
މަންޒިލް ފެނޭތޯ ކުރާށޭ މަސައްކަތް |
| ދިރުނބާ ކޮޅަށް ރަނގަޅު ކުއްޖަކު އަރާށޭ |
ބަލަ ރަށުގެ މަލަމަތި އެ ފެނިލާން ފަށައިފިޔޭ |
| ބާރަށް ދުއްވާ ފެނުއަޅުވާލާ ދުއްވާ |
ވައިހުރި ކޮޅަކަށް ނުބަލާ ފަލި އަޅުވާލާ |
| އިރު ނޯއްސެނީސް ދެވޭތޯ މަންޒިލަށް |
ބާރުލާ ހިތްވަރުލާ ބާރަށް މެކުހަށްޖަހާ، މެކުހަށްޖަހާ |