މަގޭ ބޭބޭ

ޒަމާނީ ބެރު

ނަގާކިޔާ ޒުވާބު
މަގޭ ބޭބޭ، މަގެ ފަލަ ދޮންބޭ މަގޭ ކައިރީގާ ދޮގެއްތާ ހެދީ
މަގެ ބޮޑުބޭބޭ، މަގެ ފަލަ ދޮންބޭ މަ ނުލާ ނުދައްޗޭ މަގެ ބޭބޭ

ދޫނިދޫ ފުއްޓަރުމަތި ރާޅު ބޮޑުވަނީ އަންހެނުން އަތިރިމަތީ ތާރަ ޖަހަނީ
އަތޮޅުވެރިން އަރުވަޖަހާ، އަތޮޅުވެރިން އަރުވަ ޖަހާ އަތޮޅުވެރިން އަރުވަޖަހާ ސާބަސްދެނީ
މަގޭ ބޭބޭ، މަގެ ފަލަ ދޮންބޭ މަގޭ ކައިރީގާ ދޮގެއްތާ ހެދީ
މަގެ ބޮޑުބޭބޭ، މަގެ ފަލަ ދޮންބޭ މަ ނުލާ ނުދައްޗޭ މަގެ ބޭބޭ
މަގޭ ބޭބޭ، މަގެ ފަލަ ދޮންބޭ މަގޭ ކައިރީގާ ދޮގެއްތާ ހެދީ
މަގެ ބޮޑުބޭބޭ، މަގެ ފަލަ ދޮންބޭ މަ ނުލާ ނުދައްޗޭ މަގެ ބޭބޭ
އަތިރިމަތިން ބެލީމާ ކުދި ކުދި ދޯނީ ދޮންބެ ކަލޭ ކައިފިންތާ އައްޑޫ ބޮނޑި
ބޭބެ ނުކައި ކަމަށް ވަންޏާ، ބޭބެ ނުކައި ކަމަށް ވަންޏާ ބޭބެ ނުކައި ކަމަށް ވަންޏާ، ބިމަށް ވެއްޓޭ
މަގޭ ބޭބޭ، މަގެ ފަލަ ދޮންބޭ މަގޭ ކައިރީގާ ދޮގެއްތާ ހެދީ
މަގެ ބޮޑުބޭބޭ، މަގެ ފަލަ ދޮންބޭ މަ ނުލާ ނުދައްޗޭ މަގެ ބޭބޭ
މަގޭ ބޭބޭ، މަގެ ފަލަ ދޮންބޭ މަގޭ ކައިރީގާ ދޮގެއްތާ ހެދީ
މަގެ ބޮޑުބޭބޭ، މަގެ ފަލަ ދޮންބޭ މަ ނުލާ ނުދައްޗޭ މަގެ ބޭބޭ
މުސްކުޅިބޭ ދަނޑިބުރި ބިނދި ފައި ހަލާކުވީ މައިދައިތަ ކަނޑިކި ވީދި އަތް ހަލާކުވީ
ކާފަގޮސް ކަތީބުގޭން، ކާފަގޮސް ކަތީބުގޭން ކާފަގޮސް ކަތީބުގޭން، ބޭސް ހޯދަނީ