| ކާކު އައިމާހެ މި ރޯނާވެ ހިތަކު ބާރު ނެތީ |
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރު ނެތީ |
| ކާކު އައިމާހެ މި ރޯނާވެ ހިތަކު ބާރު ނެތީ |
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރު ނެތީ، ކާކު އައިމާ |
| |
|
| އަންނަ އޭނާގަ ހަބަރު ވައިގެ ތެރޭގާ ވާތީ |
އަންނަ އޭނާގަ ހަބަރު ވައިގެ ތެރޭގާ ވާތީ |
| އެންމެ ނާރެއްމެ ނުދެކެމޭ އެ ހިމޭނުން ވާތީ |
އެންމެ ނާރެއްމެ ނުދެކެމޭ އެ ހިމޭނުން ވާތީ، އޯ އޯ |
| ރޫޙު ގުޅި ދާންފެށީ... ރޫޙު ގުޅި ދާންފެށި ނޭވާގެ ކޮޅަކު ބާރުނެތީ |
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރު ނެތީ، ކާކު އައިމާ |
| |
|
| މަސްތުގާ ސޫރަ އެ ދެކިލާށެ ހިނގުންވީ ބޮސްދީ |
މަސްތުގާ ސޫރަ އެ ދެކިލާށެ ހިނގުންވީ ބޮސްދީ |
| އޭގެ ޖަޒުބާތު ފެނޭތޯއެ ބެލުން ވީ ލޯ ދީ |
އޭގެ ޖަޒުބާތު ފެނޭތޯއެ ބެލުން ވީ ލޯ ދީ، އޯ އޯ |
| މޭ މިތެޅި ދާންފެށީ... މޭ މިތެޅި ދާންފެށި ވާނޭ މިހިތަކު ބާރުނެތީ |
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރު ނެތީ، ކާކު އައިމާ |
| |
|
| އަތްއަތާ ނޯޅި ސަލާމް ކޮއްލަދެނިވި ރޭތާއޭ |
އަތްއަތާ ނޯޅި ސަލާމް ކޮއްލަދެނިވި ރޭތާއޭ |
| އަތްމަތީ ހިތްމި ނިދާލާނި އެ ފިނި ރޭތާއޭ |
އަތްމަތީ ހިތްމި ނިދާލާނި އެ ފިނި ރޭތާއޭ، ހޯ ހޯ |
| ހާދަ އުފަލޭ ބުނޭ... ހާދަ އުފަލޭބުނެ އިއްވާނެ ދުލަކު ބާރުނެތީ |
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރުނެތީ |
| ކާކު އައިމާހެ މި ރޯނާވެ ހިތަކު ބާރު ނެތީ |
ގެއްލި ތާޒާ ނިދިހޯދޭނެ ލޮލަކު ބާރު ނެތީ، ކާކު އައިމާ |