| ދިރުބަލު ކޮޅު ކަނި ކުރެދިމަތީން |
ފައިވިއްދާ އިންދެލާ ހުސެންދަރީ |
| ލޮނު ވިއްސާ ވިއްސާ ލޮނުން ޖަރީ |
ވެވި އަސްތާ ފައްކާވޭ |
| |
|
| ކަފަވިލާ ތަކުތެރޭ ފުރޭނިގެންދާ ހަނދުވަރުން |
ކަފަވިލާ ތަކުތެރޭ ފުރޭނިގެންދާ ހަނދުވަރުން |
| އެތުރިވާ ކަޅު ކަނޑުމަތީ މުޅި ފަޒާ ވެވިދޭ ޖަރީ |
އަލިކަން ދިއްލާ |
| ފިނި ފިނިން ފިނި ރޯޅިން އައިސް ބީހިލާ ހަށިގަނޑުމަތީ |
ފެނި މެރިލޯ މެރިލޯ ވަމުން ދަނީ ވެވި އަސްތާ ފައްކާވޭ |
| |
|
| އުދުހެމުން ވައިރޯޅިތައް ކުދިވިލާތަކު ތެރޭ |
އުދުހެމުން ވައިރޯޅިތައް ކުދިވިލާތަކު ތެރޭ |
| ފިރުކެމުން އައިސް ފެނުތެރޭ ބޮކި ޖަހާ ކުދިބޮކި އަރާ |
ލޮނުފޮދު ވިއްސާލާ |
| ފެންތިކިން މޭތުރުއަޅާ ހީނަގާ ގުޑުގުޑު އަރާ |
ފެނި މެރިލޯ ވެރިލޯ ވަމުންދަނީ ވެވި އަސްތާ ފައްކާވޭ |
| |
|
| ދުރުދުރުން ވާ ރަށްތަކުން ކަޅުކުލައިން ފޭދޭ އަރާމް |
ދުރުދުރުން ވާ ރަށްތަކުން ކަޅުކުލައިން ފޭދޭ އަރާމް |
| ހިޔަނިހެން ވެރިވާ ތަނަށް އަލިކަމުން އަލިކަން އަރާ |
އިތުރަށް ވިދުވާލާ |
| މާދުރުން ކުލަބޮކި އަރާ އެންރަށުން ރަނުކުލަ އަރާ |
ފެނި މެރިލޯ މެރިލޯ ވަމުންދަނީ ވެވި އަސްތާ ފައްކާވޭ |
| |
|
| ވެވި އަސްތާ ފައްކާވޭ |
ވެވި އަސްތާ ފައްކާވޭ |
| ވެވި އަސްތާ ފައްކާވޭ |
ވެވިއަސްތާ ފައްކާވޭ |