| ހާދަ ލޯތްބޭ ހާދަ ނަލަޔޭ |
ހިތްނުދޭނީ ކާކުހޭ |
| ވާ ދެ ހިތުގާ ލޯބި އާލާ |
ކޮށްނުދޭނީ ކާކުހޭ |
| ހާދަ ލޯތްބޭ ހާދަ ނަލަޔޭ |
ހިތްނުދޭނީ ކާކުހޭ |
| |
|
| ޖާޒުބީ އަސަރުން ހިތާމޭ |
ފޫދިޔަސް ނޭނގޭނެޔޭ |
| ވާތި ފަރި މޫނާ ބެލީމާ |
މަސްތު ކޮއްލާފާނެޔޭ |
| ލޯބިން ބަލާތޯ ކަލާ |
ހޯ ތީމާ މިވަރުވެސް ވަނީ |
| ހޫރެކޭ ތިޔައީ މި ބިމުގާ |
ހިތް ނުދޭނީ ކާކުހޭ |
| |
|
| މާދުރުން ފެނިގެން ތިފަރިވާ |
އިސްޖަހާލީ ކީއްވެހޭ |
| މާނބުރާ ބަޅިނދާ ކޮކާލާ |
ދޯމަ އެވަނީ ކީއްވެހޭ |
| ނާދޭ މިސާލުން ނަޒަރު |
ތީ އުޅުމުން ކުރާތީ އަސަރު |
| ވާ މިދުނިޔޭން ލޯބި ހޯދަން |
ހިތް ނުދޭނީ ކާކުހޭ |
| ވާ ދެހިތުގާ ލޯބި އާލާ |
ކޮށްނުދޭނީ ކާކުހޭ |
| ހާދަ ލޯތްބޭ ހާދަ ނަލަޔޭ |
ހިތްނުދޭނީ ކާކުހޭ |