| ރޯށޭވީ ހިތާމައިން ދޫވީތީތާޔޭ |
އަތުވާނެބާޔޭ ތޭރަވާ |
| ފަރުވާވެ ހުރީމޭ އަތިރިމަތީގާ |
ފައިތިލަތައް ފެނުގާ ރޮދި ޖަހާ |
| ރޯށޭވީ ހިތާމައިން ދޫވީތީތާޔޭ |
އަތުވާނެބާޔޭ ތޭރަވާ |
| |
|
| ހޭލާމަ އިނދެ ރޭގަނޑާއި ދުވާލާ |
ނޭވާ ކަމަށްވީ މަގޭ ތޭރަވާތާ |
| ހޭލާމަ އިނދެ ރޭގަނޑާއި ދުވާލާ |
ނޭވާ ކަމަށްވީ މަގޭ ތޭރަވާތާ |
| ފޭރާމަކަށް ފަތްތަކުން ވޭ ނިވާ.. ހޯ. ރޯށޭވީ ހިތާމައިން ދޫވީތީތާޔޭ |
އަތުވާނެބާޔޭ ތޭރަވާ |
| |
|
| ތޮށިގަނޑުމަތީގަ ފެނޭތޯ ދުވީމޭ |
ބާވާ ކަނޑޫވެސް ބޮނދާ އިނދެ ބެލީމޭ |
| ތޮށިގަނޑުމަތީގަ ފެނޭތޯ ދުވީމޭ |
ބާވާ ކަނޑޫވެސް ބޮނދާ އިނދެ ބެލީމޭ |
| ގިސްލާ ރޮވިއްޖޭ މަށަށް ވީ ދެރައިން.. ހޯ. ރޯށޭވީ ހިތާމައިން ދޫވީތީތާޔޭ |
އަތުވާނެބާޔޭ ތޭރަވާ |
| |
|
| ގަސްތަކުތެރޭގަ ފިލާ މަ އޮތީމޭ |
މަޅިފަތި ޖަހައިގެން ހިފޭތޯ ބެލީމޭ |
| ގަސްތަކުތެރޭގަ ފިލާ މަ އޮތީމޭ |
މަޅިފަތި ޖަހައިގެން ހިފޭތޯ ބެލީމޭ |
| ނަމަވެސް ނުހިފުނޭ އެރީތި ތޭރަވާ.. ހޯ. ރޯށޭވީ ހިތާމައިން ދޫވީތީތާޔޭ |
އަތުވާނެބާޔޭ ތޭރަވާ |