| އަނިޔާގެ ހަންދަރަކާ، މަޖުބޫރުގެ ހަންދަރަކާ |
ކަރުނައިގެ ހަންދަރަކާ، ދުނިޔެއިން މަވީލޯބިން |
| މިތުރާދިނީމާ |
ޝުކުރާ ސަލާމޭ |
| |
|
| ތަރިތައް ގުނާދީފާ ހަނދުވެސް ބާލާދީފާ، އުދުހޭ ވިލާތަކުތެރޭގާ އެނބުރި ދީފާ |
ތަރިތައް ގުނާދީފާ ހަނދުވެސް ބާލާދީފާ، އުދުހޭ ވިލާތަކުތެރޭގާ އެނބުރި ދީފާ |
| ހިތްއަތުލާ ފިރުމާފާ އެ ހިތަށް އުފާދީފާ، ދުނިޔޭން ތަދާ ރިހުމާ މިތުރާދިނީމާ |
މިތުރާދިނީމާ، ވެދުމާ ސަލާމޭ |
| |
|
| މާލުން ދެމުށްލީމާ އުފަލެއް އުނގަށްލާފާ، ޖާނުންމި ޖާނަށްވީ ލޮޚުސާން ތަކެއްދީފާ |
މާލުން ދެމުށްލީމާ އުފަލެއް އުނގަށްލާފާ، ޖާނުންމި ޖާނަށްވީ ލޮޚުސާން ތަކެއްދީފާ |
| މާހިތުގާ ފޮޅުވާފާ ރާހަތު ނަމުން ދީފާ، ޗާލާކީ ކޮށްދީފާ މިތުރާ ފިލީމާ |
މިތުރާ ފިލީމާ މިތުރަށް ސަލާމޭ |
| |
|
| ކައިވަތް އަޅާދީފާ ގަންދީ ހުވާކޮށްފާ، ފޮޅުވަތް މި ލޯބީގެ ގަލަމާ ހިތުން ލިޔެފާ |
ކައިވަތް އަޅާދީފާ ގަންދީ ހުވާކޮށްފާ، ފޮޅުވަތް މި ލޯބީގެ ގަލަމާ ހިތުން ލިޔެފާ |
| ހިތުދަސްކުރީމާއޭ ނުބަލާ ކިޔުއްވާފާ، އަނިޔާތަކުން މިތުރާ ހަދިޔާ ދިނީމާ |
ހަދިޔާ ދިނީމާ، އުމުރަށް ސަލާމޭ |