| ވާގޮތް އަންގާލާށެ ކަލޯ |
ރައްޓެހިވީ ކުއްޖަކު ބުނާށެ ކަލޯ |
| ވާގޮތް އަންގާލާށެ ކަލޯ |
ރައްޓެހިވީ ކުއްޖަކު ބުނާށެ ކަލޯ |
| އިޝްގީ އިންވެސްޓުމެންޓު ބޭކާރު ވެވިދާނެ |
އިޝްގުގާ ވިސްނުން ހިންގާށެ ކަލޯ |
| ވާގޮތް އަންގާލާށެ ކަލޯ |
ރައްޓެހިވީ ކުއްޖަކު ބުނާށެ ކަލޯ |
| |
|
| އޭ ހުޅުވާ ކޮންޕިއުޓަރު ވޭ، މަސްތުލޯބި ޑޮޓްކޮމް ވޭ |
ދަންވަރު މަ ސާޗުކުރީމޭ |
| އެކި ކަހަލަ ވައިރަސްތައް، ލޯބީގެ ސިސްޓަމުގާ |
އުޅެޔޭ އެނގޭހެ ބުނީމޭ |
| ސީން ވެސް ކުރީމޭ ޗެޓުވެސް ކުރީމޭ |
އެއްވެސް އެރާޔެއް ނާރާ |
| ޗެޓުވެސް ކޮއްލާފާނެ ބެޓުވެސް ކޮއްލާފާނެ |
ހީލަތްތެރީއޭ ޔާރާ |
| އަޅެ މަސްތީ އެހީލުން އަހާށެ ކަލޯ |
ޝައްކު ފިލުވާލާބަލާށެ ކަލޯ |
| ވާގޮތް އަންގާލާށެ ކަލޯ |
ރައްޓެހިވީ ކުއްޖަކު ބުނާށެ ކަލޯ |
| |
|
| ހިތް ލޯބިން މޮޔަވާވަރު، އިންސާނުން މަރުވާވަރު |
ޖަންބެއް މަގޭ އިންނާނޭ |
| ތިޔަކަހަލަ ބައިވެރިޔެއް، ތިޔަފަދަ މާތް ތެދުވެރިޔެއް |
ރޭގާ މި ލިބުނީ ޔަގީނޭ |
| އުފަލުގެ ކޮޅެއްނެތްތާ، އުފަލެއް ނޫނީ ނެތްތާ |
ދުނިޔޭގަ މިއަދު ކުރާނޭ |
| އެކުގާ ކައިވެނި ކޮއްގެން، އެެކުގާ ޕާޓީ ބާއްވަން |
އެކުގާ ނަށާލަން ވާނޭ |
| ޔާރުގެ ފޮޓޮއެއް ދައްކާށެ ކަލޯ |
ޗާނދުގެ ފޮޓޮއެއް ދައްކާށެ ކަލޯ |
| ވާގޮތް އަންގާލާށެ ކަލޯ |
ރައްޓެހިވީ ކުއްޖަކު ބުނާށެ ކަލޯ |