| ނިދާލުމުން ހީވިޔޭ މަށަށް ގޮވާލައިފިޔޭ |
މަ ދާހިތުން އޮތްކަމުން އެނދުން ނަގައިވެސް ފިޔޭ |
| ހިލާ ބުނަން ނޭނގެޔޭ އުޅޭ މި ހުވަފެން ތެރޭ |
ބިލާހަކަސް ބިރުތަކުން މި ހިތް ފުރާލައިފިޔޭ |
| |
|
| ބޯވަޅު އެޅި ރަތްލިބާސް ލައިގެން ތަކަހޮޅި އަޅާ |
ފައިގެ ދެ ފުންނާނބުގާ ވާ ދެކަށިންވެސް ހިނގާ |
| ދުރުމި އަޅާ ބެލިޔަކަސް ފައި ބިމުގާ ނުޖެހެޔޭ |
ބަލަ ބަލަ ބަލަ ބަލަ ބަލަ ބަލަ |
| ބިރުވެރި ގޮތަކަސް ހެމުން ސިފަ އެ ބަދަލުކޮށްލަމުން |
އަރުވަންފެށި ދުންތަކާ އެކުގާ ގެއްލިއްޖެޔޭ |
| ނިދާލުމުން ހީވިޔޭ މަށަށް ގޮވާލައިފިޔޭ |
މަ ދާހިތުން އޮތްކަމުން އެނދުން ނަގައިވެސް ފިޔޭ |
| |
|
| ހަނދުވަރުދޭ މޫސުމާ ގުޅިގެން އިރުއޮއްސުމާ |
އަތިރިމަތީ ގޮނޑުދޮށުން ފެނިގެއްލޭ ގޮތްވުމާ |
| މިހިރަ މިހިރަ ކަންތަކުން ހިތްވެސް ބިރުގެންފިޔޭ |
ބަލަ ބަލަ ބަލަ ބަލަ ބަލަ ބަލަ |
| ތަކުރުގެ ދޮންސަންފަޔާ އެހެނަސް ގުޅެވިއްޖެޔޭ |
ހުކުރު ވިލޭރޭ މަށާ ކައިވެނިވެސް ވެއްޖެޔޭ |
| ނިދާލުމުން ހީވިޔޭ މަށަށް ގޮވާލައިފިޔޭ |
މަ ދާހިތުން އޮތްކަމުން އެނދުން ނަގައިވެސް ފިޔޭ |
| |
|
| ދަންވަރު ވިޔަކަސް ހެވޭ ނިންޖެއް ހަމަ ނާދެޔޭ |
ފެންވެރުމާ ނަލަވެގެން ބޭރަށްގޮސް އާދެޔޭ |
| ހިތްވަރު އެލި މިކަމުގާ ބޯހާސްވާ ގޮތްވިޔޭ |
ބަލަ ބަލަ ބަލަ ބަލަ ބަލަ ބަލަ |
| ދަންބެރު ޖެހުމާއެކީ ފަޖުރުލުމާވެސްއެކީ |
ނަންކުރި ސަންފާމަގޭ ބޯށިފަލަށް ދާނެޔޭ |
| ނިދާލުމުން ހީވިޔޭ މަށަށް ގޮވާލައިފިޔޭ |
މަ ދާހިތުން އޮތްކަމުން އެނދުން ނަގައިވެސް ފިޔޭ |
| |
|
| ސަހަރޯވެސް ހީވެޔޭ އަހަރެން މޮޔަވެއްޖެޔޭ |
މަހަކަށްވުރެ ގިނަދުވަސް ވާނެކަމެއް ނޭނގެޔޭ |
| ހުހަކަށް މިބުނާމިކަން ދާނެކަމެއް ނޭނގެޔޭ |
ބަލަ ބަލަ ބަލަ ބަލަ ބަލަ ބަލަ |
| ނިދާލުމުން ހީވިޔޭ މަށަށް ގޮވާލައިފިޔޭ |
މަ ދާހިތުން އޮތްކަމުން އެނދުން ނަގައިވެސް ފިޔޭ |
| ހިލާ ބުނަން ނޭނގެޔޭ އުޅޭ މި ހުވަފެން ތެރޭ |
ބިލާހަކަސް ބިރުތަކުން މި ހިތް ފުރާލައިފިޔޭ |
| މިހިތް ފުރާލައިފިޔޭ |
މިހިތް ފުރާލައިފިޔޭ |
| މިހިތް ފުރާލައިފިޔޭ |
މިހިތް ފުރާލައިފިޔޭ |