| ޖަންބު މަލެއްފަދަ ރީތި މަރިޔަންމަލާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| ޖަންބު މަލެއްފަދަ ރީތި މަރިޔަންމަލާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| ޖަންބު މަލެއްފަދަ ރީތި މަރިޔަންމަލާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| |
|
| ގޭ ދޮށުން ކީއްވެހޭ މާގިނައިން ފެންނަނީ |
ފެނިފަ ހީލާނެޔޭ ދެން މަށަށް ހީވަނީ |
| އެންމެ ފުރަތަމަ ފަހަރު އިޝްގުގާ މިޖެހުނީ |
މަސްތުކޮށްލައިފިޔޭ ޗާލު ހަރަކާތްތަކުން |
| ޖަޒުބާތުވަނީ މޭގަ ހިފާފާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| ޖަންބު މަލެއްފަދަ ރީތި މަރިޔަންމަލާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| |
|
| ސުންދުސީ ރީތި ނަލަ ފަށުވި ފޭރާމުގާ |
ފިނި ހަވީރަށް ހެމުން ތިޔަ ހިނގާ ފަރި ގޮތުން |
| ހުދު ވިލާތަށް މަތިން ދޫނިތައް ދާ ފަދައިން |
ހިއްސުތައްވެސް މަގޭ އުދުހިގެން އެބަ ދެޔޭ |
| ލޯބީގަ ވަނީ ޖިސްމު ދިވާނާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| ޖަންބު މަލެއްފަދަ ރީތި މަރިޔަންމަލާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |
| |
|
| ދާތަނެއްގާ މަގޭ ހިޔަނި ހުންނާނެޔޭ |
ހިތް ހަލާކުވެ ދިޔަސް ބަދަލު ނުމެވާނެޔޭ |
| ތިޔަނަމުން ފެށި ނިމޭ ކޮންމެ ދުވަހެއް މަގޭ |
އިރު އަރާ އޮއްސުނަސް ލޯބި ނޯއްސޭނެޔޭ |
| ތިޔަނަން މިވަނީ ޓެޓޫ ޖަހާފާ |
ހަދިޔާކުރަމޭ ހިތްމި ނަގާފާ |
| ޖަންބު މަލެއްފަދަ ރީތި މަރިޔަންމަލާ |
ހަދިޔާކުރަމޭ ހިތް މިނަގާފާ |