ފަން ރިޔަލުގާ

ނަލަބެރު

ނަގާކިޔާ ޒުވާބު
ފަން ރިޔަލުގާ މަހަށް ދުއްވާކަށެއް އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ

އަޅުގަނޑޭ އެކަނި މިހިރީ ކޮސްވެފާ ފަޅުވެރިންކޮޅު ތިބީ ބައި ބައި ވެފާ

ފަޅުތެރޭގާ މި އޮވެ، ފަޅުތެރޭގާ މި އޮވެ ފެހި ބޯވިޔަސް ފަޅުމަތީގާ ތިބޭން މަ ނުދާނަމޭ
ފަޅުތެރޭގާ މި އޮވެ ފެހި ބޯވިޔަސް ފަޅުމަތީގާ ތިބޭން މަ ނުދާނަމޭ
ފަން ރިޔަލުގާ މަހަށް ދުއްވާކަށެއް އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ
އަތް ހަލާކުވެ ދަނީ މި ރިޔާ ނަގާ ވަތް ވަތުން އުނގުރި ލުއްސާ ދިޔަ ހަދާ

ވަތް ތަގަރިފަޅި ހިފައިގެން، ވަތް ތަގަރިފަޅި ހިފައިގެން ދުއްވާކަށެއް އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ
ވަތް ތަގަރިފަޅި ހިފައިގެން ދުއްވާކަށެއް އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ
ފަން ރިޔަލުގާ މަހާ ދުއްވާކަށެއް އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ
އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ

ރެފަރެންސް