| އިންތިޒާރުގެ ގިޓާ ހިތުތެރޭގާ |
ތިން ހަތަރު ރާގު ކުޅެޔޭ އެކީގާ |
| ވިންދުތައް އެބަ ނަށާ އަރިކަށީގާ |
ދޮންލުނބޯފުޅު ވަނީ ބޮލުތެރޭގާ |
| ކޮންމެ ހިއްސެއްގެ އެކިދިހަ މަތީގާ |
ފުން ހަނދާންތައް ރޮނީ ބުރިކަށީގާ |
| އިންތިޒާރުގެ ގިޓާ ހިތުތެރޭގާ |
ތިން ހަތަރު ރާގު ކުޅެޔޭ އެކީގާ |
| |
|
| ކުއްޖަކަށް ނަންކިޔަން ކެއްކިޔަސް |
ތިޔަނަމޭ ހަމަ ހިތައް އަންނަނީ |
| ހާނ ކުއްޖަކަށް ނަންކިޔަން ކެއްކިޔަސް |
ތިޔަނަމޭ ހަމަ ހިތައް އަންނަނީ |
| ލޭބަރަކު ގެއްލިގެން ހޯދިޔަސް |
ތިޔަނަމޭ ހިތުތެރޭ އެނބުރެނީ |
| ތިޔަ ހަނދާނުން ހަނާވެއްޖެ މޭގަނޑު |
ތިޔަ ހަނދާނުން ހަނާވެއްޖެ މޭގަނޑު |
| ޅިޔައަޅާ ޒަޚަމުކޮށް ހިތް އެކީގާ |
އިންތިޒާރުގެ ގިޓާ ހިތުތެރޭގާ |
| |
|
| ކާށިކިބަޔެއް ލޮލަށް ފެނިލިޔަސް |
ތިޔަނަމޭ ހަމަ ހިތައް އަންނަނީ |
| ހާނ ކާށިކިބަޔެއް ލޮލަށް ފެނިލިޔަސް |
ތިޔަނަމޭ ހަމަ ހިތައް އަންނަނީ |
| ގުޑުގުޑާއެއްގެ އަޑު އިވިލިޔަސް |
ތިޔަ އަޑޭ ކަންފަތަށް ހީވަނީ |
| ތާށިވެއްޖޭ ލަގޮނޑިޖެހި މި ކޮޅިގަނޑު |
ތާށިވެއްޖޭ ލަގޮނޑިޖެހި މި ކޮޅިގަނޑު |
| އާހުގާ ގިސްލެވޭ މާނިދީގާ |
އިންތިޒާރުގެ ގިޓާ ހިތުތެރޭގާ |
| |
|
| މާމަ ގެންގުޅުނު ހުނިގޮނޑި ބަލަން |
ކޮންމެ ދުވަހަކު މަ އެގެޔަށް ދަމޭ |
| ހާނ މާމަ ގެންގުޅުނު ހުނިގޮނޑި ބަލަން |
ކޮންމެ ދުވަހަކު މަ އެގެޔަށް ދަމޭ |
| ޗާލު ތިޔަ ހަށިގަނޑާ އެއްގޮތޭ |
އޭގެ ކިއްސަރު އިނގޭ ބުނެދެމޭ |
| ހާލު ހުރިގޮތް މިޔޭ މިއަދު އަޅުގަނޑު |
ހާލު ހުރިގޮތް މިޔޭ މިއަދު އަޅުގަނޑު |
| ފާލު ނެއްޓިއްޖެޔޭ ޖެހި ލަކީގާ |
އިންތިޒާރުގެ ގިޓާ ހިތުތެރޭގާ |