ޚިލާފުނުވެ ތިބެވުމުން

ނަލަބެރު


ޅެން ހައްދަވާފައިވަނީ: މުޙައްމަދު ޖަމީލު
ނޯޓު: މި ލަވަޔަކީ ހިޖުރީގޮތުން 1360 ވަނަ އަހަރު ޗާޕުކުރެވުނު މާލޭގެ އަވަށްތަކުގެ ލަވަތަަކުގެ ފޮތުގެ މާފަންނު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ނަގާކިޔާ ޒުވާބު
ޚިލާފުނުވެ ތިބެވުމުންނެ ދީނާ ސަލާމަތުގެ އަލިމަގުން ދެވޭނީ
ޚިލާފުނުވެ ތިބެވުމުންނެ ދީނާ ސަލާމަތުގެ އަލިމަގުން ދެވޭނީ
ފަރުޟުވީހައި ކަމެއް މިދީނުން
ފަރުޟުވީހައި ކަމެއް މިދީނުން
އަދާކުރަން ގަދައަޅައިގެން ދެން ސަލާމަތުގެ އަލިމަގުން ދެވޭނީ
ޚިލާފުނުވެ ތިބެވުމުންނެ ދީނާ ސަލާމަތުގެ އަލިމަގުން ދެވޭނީ
ހިތް އެދޭހައި ނުބައި އެދުންތައް
ހިތް އެދޭހައި ނުބައި އެދުންތައް
މުޅިން މެދޫކޮއްލުމުންނެ އަބަދަށް ސަލާމަތުގެ އަލިމަގުން ދެވޭނީ
ޚިލާފުނުވެ ތިބެވުމުންނެ ދީނާ ސަލާމަތުގެ އަލިމަގުން ދެވޭނީ
ޚުލްޤުހެޔޮކޮށް އުޅުން ރަނގަޅުކޮށް
ޚުލްޤުހެޔޮކޮށް އުޅުން ރަނގަޅުކޮށް
އަދަބުތަކުންވެސް ވެގެންނެ ޒީނަތް ސަލާމަތުގެ އަލިމަގުން ދެވޭނީ
ޚިލާފުނުވެ ތިބެވުމުންނެ ދީނާ ސަލާމަތުގެ އަލިމަގުން ދެވޭނީ